Last Updated: April 20, 17:32
Saturday, April 20, 2024
ޚަބަރު

އެންސްޕާ ޖެންޑާގެ ދަށަށް ބަދަލު ކުރަން ކޮމެޓީން ނިންމައިފި

އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / މަޖިލިސް

ނޭޝަނަލް ޝޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އިޖުތިމާއީ ކޮމެޓީން ނިންމައިފިއެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫނު ހުށަހެޅުއްވި މި އިސްލާހު މަޖިލީހަސް ބަލައިގަތީ އިއްޔެއެވެ. އަދި އިޖުތިމާއީ ކޮމެޓީން ވަނީ ބިލު ދިރާސަ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ބިލު ފޮނުވާފައެވެ.

ކޮމެޓީއަށް ހާޒިރުވެވަޑައިގަތް ތިއްބެވި 8 މެންބަރުންގެ އިއްތިފާގުން ވަނީ ސަރުކާރުން ބިލު ހުށަހަޅާފައިވަ ގޮތަށް އިތުރު އެއްވެސް ބަދަލެއް ގެނައުމަކާއި ނުލައި ބިލު ފާސް ކުރުމަށް ނިންމާފައެވެ.

މި އިސްލާހު ހުށަހެޅުއްވި މަގްސަދު ކަމަށް ހާރޫން ވިދާޅުވީ އެންސްޕާގެ ކަންކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، އެންސްޕާ އިޖްތިމާއީ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުކުރުން ކަމަށެވެ.