Last Updated: April 20, 10:49
Saturday, April 20, 2024
ޚަބަރު

މަސްތުވާތަކެތި ވިއްކަމުން ދިޔަ އަންހެނަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ވިއްކަމުން ދިޔަ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ އަންހެނެއް ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން އިއްޔެ މެންދުރު 12:45 ހާއިރު ހިންގި އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ބުލެޓާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފުއްޕާ ހަމަކާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން ހަތް ރަބަރު ޕެކެޓު އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ބިޑި އެއް ފެނިފައިވާކަމަށެވެ.

މިތަކެތީގެ ތެރޭގައި 75 ގްރާމް ހެރޮއިން އާއި 17 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ވަގުތީ ބަރުދަން ދައްކާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.