Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ޖާބިރުގެ އެޑްވައިޒަރަކަށް ޑީއޯ ސައްޕެ

ދިވެހި ރައްޔިތުންގެ ޕާޓީގެ (ޑީއާރްޕީ) ލީޑަރު އަބްދުﷲ ޖާބިރުގެ އެޑްވައިޒަރު ކަމުގެ މަގާމަށް އަހުމަދު ޝަފީގު (ޑީއޯ ސައްޕެ) ހަމަޖައްސައިފިއެވެ.

ޑީއާރްޕީން ވަނީ އެ މަގާމަށް ސައްޕެ ހަމަޖެއްސިކަން މިއަދު ކުރި ޓްވީޓަކުން ކަށަވަރުކޮށްދީފައެވެ.

ޑީއޯ ސައްޕެ އަކީ އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއް ކަމަށްވާއިރު "ދަރުމަވަންތަ ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ވެސް ސައްޕެ މީގެކުރިން މަސައްކަތް ކުރައްވާފައިވެއެވެ. .

ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޖާބިރު ޑީއާރްޕީގެ ލީޑަރުކަމާއި ހަވާލުވެވަޑައިގަތް ފަހުން އެޕާޓީން އަންނަނީ ޑީއާރްޕީ އައު ޒަމާނަކަށް ގެނައުމުގެ ނަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕާޓީއަށް މެންބަރުން އިތުރު ކުރުމާއި 2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް އެޕާޓީގެ ފަރާތުން އަންނަނީ ކުރަމުންނެވެ.

މީގެއިތުރުން ޓީވީ ޗެނަލެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޑީއާރްޕީން ވަނީ ބުނެފައެވެ.