Last Updated: April 24, 23:11
Wednesday, April 24, 2024
ވިޔަފާރި

އުރީދޫން ސެމްސަންގް ގެލެކްސީ ނޯޓް 10 ގެ ޕްރީ އޯޑާ ހުޅުވާލައިފި

އުރީދޫން ސެމްސަންގް ގެލެކްސީ ނޯޓް10 އާއި ނޯޓް10 ޕްލަސް ޕްރީ އޯޑަރަށް މިއަދު ހުޅުވާލައިފިއެވެ.

އުރީދޫ އިން ބުނީ އެ ކުންފުނި މެދުވެރިކޮށް ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތެއްގެ ގޮތުގައި 50 ޕަސެންޓުގެ ޑިސްކައުންޓް އާއި އެކު ސެމްސަންގ ގެލެކްސީ ވޮޗް އެކްޓިވް ގަތުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

އުރީދޫން ވަނީ ފުލް ޕޭމެންޓް ދައްކައިގެން ނުވަތަ އިންސްޓޯލްމަންޓް ޕްލޭނެއް މެދުވެރިކޮށް ވެސް ފޯނު ގަނެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ފުލް ޕޭމެންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.

– ސެމްސަންގް ގެލެކްސީ ނޯޓް10 (256ޖީބީ)- 15،899ރ.

– ސެމްސަންގ ގެލެކްސީ ނޯޓް 10+ (256ޖީބީ)- 18،399ރ

މަހުން މަހަށް ފައިސާ ދައްކާ ޕްލޭން

މި ޕެކޭޖުގެ ދަށުން 2,999 ރުފިޔާގެ ޑައުންޕޭމަންޓް އަކާއި އެކު، ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށްވުރެ މަތީގެ ޕްލޭން އަކާއި އެކު ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯނު ނެގޭނެއެވެ.

– ސެމްސަންގް ގެލެކްސީ ނޯޓް10 (256ޖީބީ)- 1100ރ

– ސެމްސަންގ ގެލެކްސީ ނޯޓް 10+ (256ޖީބީ)- 1316.67ރ

ފުލް ޕޭމަންޓް ޕްލޭން އާއި އެއް ފަދައިން، މި ޕްލޭން ޚިޔާރުކުރާ ފަރާތްކަށް ވެސް އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.

މި އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ނުވަތަ ޕްރީ-އޯޑަރ ކުރެއްވުމަށް، http://ore.do/note10 އަށް ޒިޔާރަތް ކުރުމަށް އުރީދޫން އެދެއެވެ.