Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު

ޔާމީނާއި ދެކޮޅަށް އަދީބު މާދަމާ ހެކިބަސް ދެނީ

އަހްމަދު އަދީބު --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދެކޮޅަށް ދައުލަތުން އުުފުލާފައިވާ މަނީ ލޯންޑަރިން މައްސަލާގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު މާދަމާ ހެކިބަސް ދޭ ގޮތަށް ހަމަޖެހިއްޖެއެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކި ބަސް ނަގާފައެވެ. ނަމަވެސް މާދަމާވެސް މުއައްވިޒުގެ ހެކިބަސް ނަގާނެއެވެ. އަދީބާއި މުއައްވިޒުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް ވަނީ ނިންމާފައިވެއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:30ގައެވެ.

ޔާމީންގެ މައްޗަށް އިއްވާފައިާ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިމަހުގެ ހަތަރުވަނަ ދުވަހެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް ނަގާފައިވާއިރު ޝަރީއަތް ނިންމާލައްވަމުން މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ވަނީ ދެން ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ގިނަ ހެކިންތަކެއްގެ ހެކިބަސް ނަގާނެ ކަމަށެވެ.

ދައުލަތުން ދެން އަންނަ އަޑުއެހުމަކަށް ހުށަހަޅާފައިވާ ހެކިންނަކީ ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަހުމަދު އަދީބާއި މޫސާ ޒަމީރާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑްގައި ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލެވެ.