Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ވީއައިއޭ ކުއްލި ހާލަތަކަށް ގެނެސްފި

ސިފައިންތަކެއް ބަޑި ހިފައިގެން -- ފޮޓޯ / އެމްއެންޑީއެފް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ކުއްލި ހާލަތަކަށް ގެނެސްފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ކުއްލި ހާލަތަކަށް ގެނެސްފައި ވަނީ ކޮން ސަބަބަކާއި ހެދި ކަމެއް ނޭނގެއެވެ. ނަމަވެސް "އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި މިއަދު އިރުއޮއްސުނީއްސުރެ އެއަރޕޯޓު ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ.

ވީއައިއޭ ކުއްލި ހާލަތަކަށް ގެނެސްފައިވާއިރު ގިނަ އަދަދެއްގެ ސިިފައިންވެސް އަންނަނީ އެއާޕޯޓުގައި ހަރަކާތްތެރި ވަމުންނެވެ. ނަން ހާމަކުރަން ބޭނުން ނުވާ އެއާޕޯޓުގެ އޮފިޝަލަކު "އައްޑޫލައިވް"އަށް ވިދާޅުވީ އެއާޕޯޓުގެ އާއްމު ހާލަތު ރަނގަޅު ކަމަށެވެ. ސޯޝަލް މީޑިއާގައި އެއާޕޯޓުގައި އައިއީޑީތަކެއް ފެނިގެން އުޅޭ ކަމަށް ބުނެ ހަބަރުތަކެއް ފަތުރަމުން ދިޔަ ނަމަވެސް އެކަމުގެ ހަގީގަތެއް އަދި ނޭނގެއެވެ.

މި މައްސަލާގައި އެމްއެންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.