Last Updated: April 25, 09:17
Thursday, April 25, 2024
ކުޅިވަރު

ސެންޓްރަލް ޒޯން އަންހެން މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް

އައިއޯއައިޖީގައި ކުޅުނު ވޮލީ މެޗެއްގެ ތެރެއިން - ފޮޓޯ: އެމްއޯސީ

އަންނަ އަހަރު ބާއްވާ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ދީފައިވަނީ މިއަދު އޮތް އޭވީސީ ސެންޓްރަލް ޒޯނުގެ އާންމު ޖަލްސާގައެވެ.

މި މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިފައިވާއިރު  2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމުގެ ފުރުސަތު ވެސް ރާއްޖެ އަށް ވަނީ ލިބިފައެވެ.

ނޭޕާލްގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން ފިރިހެން މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ވާދަކުރާއިރު މުބާރާތުގެ ސެމީފައިނަލުން އެޓީމު ވަނީ އިއްޔެ ބަލިވެފައެވެ. ނަމަވެސް ތިންވަނަ ހޮވާ މެޗު މިއަދު އޮތުމުން މެޑަލްއެއް ހޯދުމުގެ ފުރުސަތު ރާއްޖެ އަށް އެބައޮތެވެ.

ތިންވަނަ ހޮވާ މެޗުގައި ރާއްޖެ އިން މިއަދު ނިކުންނާނީ ތުރްކެމިނިސްތާންއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެގަޑިން 4:15 ގައެވެ.