Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މޯލްޑިވިއަން އަށް ކެބިން ކްރޫން ހޯދަނީ

އައިލެންޑް އޭވިއޭޝަނުން އޮޮޕަރޭޓް ކުރަމުން އަންނަ މޯލްޑިވިއަންގައި ކެބިން ކްރޫންގެ ގޮތުގައި މަސަައްކަތް ކުރަން ޝައުގުވެރިވާ ދެ ޖިންސްގެ ޒުވާނުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވިއަން އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކެބިން ކްރޫއަކަށް ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށެވެ.

މޯލްޑިވިއަންގެ ކެބިން ކްރޫއަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ރަނގަޅު ފާހަކާއެކު ޖީސީއީ އޯ ލެވެލް ނިންމާފައިވުން، އިނގިރޭސިބަހުން ވާހަކަދައްކަން މޮޅުވުން، ސިއްހީގޮތުން ދުޅަހެޔޮ މީހަކަށްވުން، މީހުންނާއި ގުޅިގެން މަސައްކަތްކުރާ މީހަކަށްވުން، ލޮލުގެ ފެނުން ރަނގަޅު އަދި ފަތަން ދަންނަ ނުވަތަ ފަތަން ދަސްކުރަން ބޭނުންވާ މީހަކަށްވުން ހިމެނެއެވެ.

މީގެއިތުރުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ކެބިން ކްރޫ ޖެނެރަލް ޓެސްޓުން ފާސްވެފައިވުން އެއީ ލިބޭނެ ޕްލަސް ޕޮއިންޓެއްކަމަށް އެ އިއުލާނުގައި ވެއެވެ.

އެކަމަށް ޝަރުތުހަމަވާ މީހުންނަށް މާދަމާ ހެނދުނު 8:00 އިން މެންދުރު 3:00 އަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޓްރެއިނިން އިންސްޓިޓިއުޓްގެ ހަތަރު ވަނަ ފްލޯގައި ވޯކް-އިން އިންޓަވިއު އޮންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އިންޓަވިއުއަށް އަންނަ މީހުން ރަސްމީ ހެދުމެއްގައި ނަގާފައިވާ ޕާސްޕޯޓް ސައިޒްގެ ދެ ފޮޓޯއާއި، ފުލް ސައިޒް ފޮޓޯއެެއްގެ އިތުރުން ސީވީ ގެންދަން ވާނެކަމަށް މޯލްޑިވިއަންގެ އިއުލާނުގައި ވެއެވެ.