Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އަންހެނެއްގެ ފޯނާއި ދަބަސް ފޭރިގަތް މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިނގާފައިދިޔަ ބިދޭސީ އަންހެނެއްގެ ފޯނާއި ދަބަސް ފޭރިގަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ އަންހެން މީހާގެ ފޯނާއި ދަބަސް ފޭރިގެންފައިވަނީ ފާށަނާކިލޭގެ މަގުން ހިނގާފައި ދަނިކޮށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ މިރޭ 18:40 ހާއިރުއެވެ.

މި މައްސަލަ ފުލުހުންގެެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.