Last Updated: March 28, 21:27
Thursday, March 28, 2024
ވިޔަފާރި

އެސްޓީއޯގެ "މަކިޓާ ހެއްޔާ" މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

އެސްޓީއޯގެ "މަކިޓާ ހެއްޔާ" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން ބުނީ މި މުބާރަތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެ މުބާރާތެއް ކަމަށެވެ. މި މުބާރަތަކީ މަކިޓާ ހެއްޔާ ޕުރޮމޯޝަންއާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދާ މުބާރާތެކެވެ. މި މުބާރާތް ހުޅުވައި ލެވިފައިވަނީ މުޅި ރާއްޖެއަށެވެ.

ހަމައެކަނި ދިވެހިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރަތުގައި ބައިވެރި ކުރާ ތަކެތީގެ ވީޑިޔޯ އެއް ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށައަޅަން ޖެހެއެވެ. އަދި މި މުބާރަތުގައި ބައިވެރި ކުރާ ތަކެތި އާންމުންނަށް ދައްކާލުމުގެ މައުރަޒެއް ވެސް އޮންނާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަަލަށް ވަނީ ހުޅުވާލާފަ އެވެ. އޭގެ ފަހުން އެއް މަސް ދުވަހަށް ތަކެތި އުފައްދަން ބައިވެރިންނަށް ފުރުސަތު ދޭނެ އެވެ. މުބާރާތުގެ އެއްވަނައަށް ހޮވާ ފަރާތަކަށް 50،000 ރުފިޔާގެ އިނާމެއް ދެ އެވެ.

މީގެ އިތުރުން ކުރިޔަށް ގެންދެވޭ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ އަންނަ މަހުގެ 31 ގެ ނިޔަލަށެވެ. ކޮންމެ 500 ރުފިޔާއަކަށް ކޫޕަނެއް ލިބިގެންދާއިރު މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ނަސީބުވެރި ފަރާތެއް ހޮވާނެއެވެ. ގުރުއަތުން ހޮވޭ ފަރާތަކަށް 50،000 ހާސްރުފިޔާގެ އަގުހުރި އިނާމު ކަނޑައެޅިފައިވެއެވެ.