Last Updated: April 20, 18:01
Saturday, April 20, 2024
ވިޔަފާރި

އެމްއައިބީގެ ހިއްސާ ގަންނަން އެންމެ 15 ދުވަސް!

ހިތަދޫގައި ހުންނަ އެމްއައިބީ އައްޑޫ ބްރާންޗް. ފޮޓޯ/ އައްޑޫ ލައިވް

އިސްލާމިކް ބޭންކުގެ ހިއްސާ ވިއްކުން މި މަހުގެ 18 ވަނަ ދުވަހު ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމް.އައި.ބީ އިން އާންމުނަން ހިއްސާ ވިއްކުން ފަށާފައިވަނީ 28 ޖުލައި 2019 ގައެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެބެންކުން ހެޔޮއަގެއްގައި އާންމުންނަށް ހިއްސާ ވިއްކުމަށް ހުޅުވިފައިވާ ދޮރު ބަންދުވާއިރު ދެން ހިއްސާގަންނަން ޖެހޭނީ ހިއްސާގެ ބާޒާރުގައި ހިއްސާދާރުންގެ އަތުންނެވެ.

މޯލްޑިވްސް އިސްލާމިކް ބެންކުގެ ހިއްސާ ގަންނަން އޮންލައިންކޮށްވެސް އެދި ހުށަހެޅޭނެއެވެ. އެގޮތުން infinity.mv އިން ވެސް ހިއްސާ ގަނެވޭނެއެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބެންކުގެ ކަލެކްޝަން ސެންޓަރުންވެސް ހިއްސާ ގަނެވޭނެއެވެ.

އައްޑު ސިޓީގައި ނަމަ، އެމް.އައި.ބީ ހިތަދު ބްރާންޗް އިންވެސް ހިއްސާގަނެވެނޭއެވެ. އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:30 އަށް ހިއްސާ ގަތުމަށް ހިތަދޫ ބްރާންޗް އިން ހިދުމަތް ލިބެމުން ދާނެއެވެ.

ހިއްސާގެ ފާއިދާ ހިއްސާދާރުންނަށް ބެހުމާއި ގުޅޭގޮތުން އެބެންކުން ވިދާޅުވީ ކުންފުނީގެ ފައިދާބެހުމަކީ ހިއްސާދާރުންގެ އާންމު ޖަލްސާއިން ނިންމާ ނިންމުމް ކަމަށާއި މިގޮތުން އެ ކުންފުނީގެ ވެސް ޑިވިޑެންޑް އުޞޫލު ކަނޑައެޅޭނީ ހިއްސާދާރުންގެ ނިންމުމުން ކަމަށެވެ.

"މިވަގުތު ކުންފުނީގެ މާލީ ހިސާބުތަކުން މިފަދަ ޑިވިޑެންޑްއެއް ދިނުމުގެ ޤާބިލުކަން އެމް.އައި.ބީ އަށް ލިބިގެންވޭ. އަދި އަޅުގަނޑުމެންގެ އަމާޒަކީ ހިއްސާގެ ބާޒާރުގައި ފައިދާގެ ގޮތުގައި ދެވޭ އަދަދަކީ ހިއްސާދާރުންނަށް އެންމެފައިދާވާ ކުންފުނިތަކާއި އެއްހަމައެއްގައި ހިފެހެއްޓިފައިވާ ފައިދާއަކަށް ވުން" ބޭންކުން ބުންޏެވެ.