Last Updated: March 28, 16:50
Thursday, March 28, 2024
ވިޔަފާރި

އެމްއައިބީގެ ހިއްސާ ވިއްކުން މިއަދު ހަވީރު މަރަދޫގައި

އެމްއައިބީން ފޭދޫގައި ބޭއްވި ރޯޑު ޝޯވްގެ ތެރެއިން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ ވިއްކުމާއި، ހިއްސާ އާއި ބެހޭ މައުލޫމާތު ދިނުމުގެ ހަރަކާތެއް މިއަދު މަރަދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްއައިބީން ބުނީ މި އިވެންޓު އޮންނާނީ މަރަދޫ ލިންކްރޯޑް ޖަސްޓް ޓީ ގެ ކައިރީގައި މިއަދު ހަވީރު 16:00 އިން 18:00 އާއި ހަމަައަށް ކަމަށެވެ.

މިފަދަ އިވެންޓުތައް އެމްއައިބީން މީގެކުރިން ވަނީ އައްޑޫގެ އެކި އަވަށްތަކުގައި ވެސް ބާއްވާފައެވެ.

އެމްއައިބީގެ ހިއްސާދާރަކަށް ވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. އެ އަދަދުގެ ހިއްސާ ގަތުމަށް ހޭދަވާނީ 700 ރުފިޔާ އެވެ. ހިއްސާގެ އަދަދު 20 އަށް ވުރެ އިތުރު ކުރެވޭނީ ފަހަރަކު 10 ހިއްސާގެ މަގުންނެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު ލަސް ނުކޮށް ހިއްސާ ގަތުމަށް އެ ބޭންކުން ދަނީ އިލްތިމާސް ކުރަމުންނެވެ.