Last Updated: April 20, 17:32
Saturday, April 20, 2024
ކުޅިވަރު

ރާއްޖެއަށް ޗައިނާ ހިފެހެއްޓިއްޖެނަމަ ކުޅުންތެރިންނަށް އެއްލައްކަވެސް މަދު: މަހްލޫފް

ޗައިނާ އަތުން ރާއްޖެ ބަލި ނުވެއްޖެ ނަމަ ކޮންމެ ކުޅުންތެރިއަކަށް އެއްލައްކަ ރުފިޔާއަކީ ވެސް މަދު އަދަދެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ޒިންމާގެ ތެރޭގައި ކުޅިވަރުތައް ތަރައްގީކޮށް ކުރިއަރުވާ، ރާއްޖެއަށް ރީތި ނަން ހޯދައި ދިނުމަށް މަސައްކަތް ކުރުން އޮންނަ ކަމަށެވެ. އޭނާ ވިދާޅުވީ ވޯލްޑްކަޕުގައި ކުޅޭ ވަރުގަދަ ޗައިނާ އަތުން ބަލިނުވެއްޖެ ނަމަ އެއްލަކަ ރުފިޔާ އަކީވެސް މަދު އަދަދެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެހެން ކުޅިވަރުތަކަށްވެސް ހަރަދު ކުރާ ކަމަށެވެ. އެގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ ހޯދި ކާމިޔާބީއަށް 5،35000 ރުފިޔާ އޭނާއަށް ލިބޭނެ ކަމަށެވެ.

މިނިސްޓަރު މަހުލޫފް މިފަދައިން ވިދާޅުވެފައިވަނީ ވޯލްޑްކަޕް ކޮލިފައިނުގައި ރާއްޖެއާ ޗައިނާ މިރޭ ބައްދަލުކުރާ މެޗާއި ގުޅިގެންނެވެ. މީގެކުރިންވެސް ގައުމީ ފުޓުބޯޅަ ޓީމު ހޯދާފައިވާ ކާމިޔާބީތަކާއި ގުޅިގެން ދިވެހި ދައުލަތުންނާއި އަދި ބައެއް ވިޔަފާރިވެރިންގެ ފަރާތުން ވަނީ ފައިސާގެ އިނާމު ހަވާލު ކޮށްފައެވެ.