Last Updated: March 29, 11:09
Friday, March 29, 2024
ވިޔަފާރި

މީރާ އަށް މިދިޔަ މަހު 862.91 މިލިއަން ރުފިޔާ ބަލައިގެންފި

މީރާގެ ޚިދްމަތް ދިނުން- ފޮޓޯ: މީރާ

މިދިޔަ އޮގަސްޓު މަހު މީރާއަށް 862.91 މިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާ އިން ބުނީ މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 14.8 ޕަސެންޓު ދަށް އަދަދެއް ކަމަށެވެ. އަދި މިއީ މިއަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 3.4 ޕަސެންޓު ދަށް އަދަދެކެވެ.

މި އަހަރުގެ އޯގަސްޓު މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވީ ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ، އެ ފައިސާ ދައްކަންޖެހޭ ސުންގަޑިއަށް ދައްކާފައި ނުވާތީ ކަމަށް މީރާއިން ބުނެއެވެ.

މިދިޔަ އޯގަސްޓުގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 481.72 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީންނެވެ. އެއީ 114.67 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކްސްގެ ގޮތުގައި 72.09 މިލިއަން ރުފިޔާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 53.36 މިލިއަން ރުފިޔާ އަދި އެއާޕޯޓު ސާވިސް ޗާޖްގެ ގޮތުގައި 52.13 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 88.94 މިލިއަން ރުފިޔާ އެވެ.