Last Updated: April 19, 06:56
Friday, April 19, 2024
ވިޔަފާރި

އެމްއައިބީގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެމްއައިބީ އިން މިއަދު ބުނީ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރު ކުރީ ސަބްސްކްރިޕްޝަން އަށް ހުޅުވާލާ މުއްދަތަކީ 35 ރަސްމީ ދުވަސް ކަމަށް ކަނޑައަޅާފައިވާ އިރު، އެ މުއްދަތުގައި ރަސްމީ ބަންދު ދުވަހުގެ ގޮތުގައި ދެ ދުވަސް އައުމުން މުއްދަތު އިތުރުކުރީ ކަމަށެވެ.

މިހާރު އެމްއައިބީގެ ހިއްސާ ގަތުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 22 ވަނަ ދުވަހެވެ.

އެމްއައިބީގެ ހިއްސާދާރަކަށް ވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. އެ އަދަދުގެ ހިއްސާ ގަތުމަށް ހޭދަވާނީ 700 ރުފިޔާ އެވެ. ހިއްސާގެ އަދަދު 20 އަށް ވުރެ އިތުރު ކުރެވޭނީ ފަހަރަކު 10 ހިއްސާގެ މަގުންނެވެ.

އެމްއައިބީން ހިއްސާ ވިއްކުމަށް ހުޅުވާލުމުން ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.