Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

އަނަސްގެ މަރަށް އިންސާފު ހޯދައިދޭނަން: ރައީސް

އަނަސްގެ މަރަށް އިންސާފު ހޯދަން ގޮވާލުން: ފޮޓޯ/ ނާޝިތު

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރަށާއި އޭނާގެ އާއިލާއަށް އެކަމުގައި އިންސާފު ހޯއްދަވައި ދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރ. މީދޫއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަޑައިގަތުމުން އެރަށުގެ ބައެއް ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއާ ވަކިން ބައްދަލު ކުރައްވާ ވަނީ އަނަސްގެ މަރުގެ މައްސަލަ ފާހަގަ ކުރައްވައި އެމައްސަލަ ބައްލަވައި ދެއްވައި އިންޞާފު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މީދޫގެ ރައްޔިތުންގެ އެ ވާހަކަ އެއްސެވުމަށްފަހު ރައީސް ސޯލިހު ވަނީ އަނަސްގެ ޢާއިލާއާއި ރަށުގެ ހެޔޮއެދޭ ރައްޔިތުންނަށް ހިތްވަރު ދެއްވައި އެ މައްސަލަ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންގެންދާކަން ހާމަކުރައްވައިފައެވެ.

އަދި އަނަސްގެ އާއިލާއަށް އިންސާފު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަނަސް މަރާލާފައި ވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ.