Last Updated: April 25, 11:18
Thursday, April 25, 2024
ޚަބަރު

މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10:00 ގައެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާ މަޖިލީހުން އާންމުކޮށްފައިވާރު އެޖެންޑާގައި އޮތީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ހުށަހަޅުއްވާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން އެކަންޏެވެ.

ދައުރުން ބޭރުގައި ޖަލްސާ އެއް ބާއްވަން ތާވަލުކުރީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ އެމްޑީޕީން އެކަމަށް އެދުމާ ގުޅިގެންނެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މާދަމާ އިއްވާއިރު މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ދެ ގާނޫނަކަށް އިސްލާހުތަކެއް ގެންނަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އެގޮތުން ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުތާއަތުގެ ގާނޫނަނށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެދުވަހު ވިދާޅުވިއެވެ.