Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ރިޕޯޓު ލީކެއް ނުކުރަން، އޭގައި ހުރީ ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތު: އާދަމް ޝަރީފް

ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ޕީޖީ ލީޑަރުންނަށް ލިބުނު ރިލްވާންގެ މައްސަލައިގެ ރިޕޯޓުގެ އެންމެ އަކުރެއް ފިއްޔެއްވެސް ލީކު ކޮށްލާފައި ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުގައި މިއަދު ބާއްވަމުން ގެންދާ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެ ރިޕޯޓުގައި ހުރި މައުލޫމާތުތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލިސް މެންބަރުންނަށް ނުވަތަ ޕީޖީ ލީޑަރުންނަށް އެ ތަހުގީގު ރިޕޯޓު ލިބިގެން ދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ތަހުގީގު ރިޕޯޓު ލީކުވެގެން އުޅެނީ މަޖިލިސް ތެރެއިން ނޫން ކަމަށާއި އެފަދަ ކަމެއް މަޖިލިސް މެންބަރުން އަދި ޕީޖީ ލީޑަރުންވެސް ނުކުރާނެ ކަމަށެވެ. ނަމަވެސް އެ ތަހުގީގު ރިޕޯޓުގެ އެޑިޓޯރިއަލް ނުވަތަ އެ ތަހުގީގު ރިޕޯޓު ލިޔުނު މީހުންވެސް އެކަމުގައި ޒިންމާ އުފުލަން ޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ މަޖިލީހުން ރިލްވާންގެ މައްސަލާގައި ކުރާ މަސައްކަތަށް އެއްވެސް އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވީ މަރު ކޮމިޝަނުން ނޫސްވެރިންނަށް މައުލޫމާތު ދެއްވީ ރައީސް ސާލިހާއި އެކުގައި އެކަމުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސް ރައީސަށް އެ ރިޕޯޓު ހުށަހެޅީ ރައީސްގެ މަޝްވަރާގެ މަތިން ނޫން ކަމަށެވެ.