Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ފޭދޫގައި ޓާފް ފުޓްބޯޅަ ދަނޑެއް އަޅަނީ

އައްޑޫ ސިޓީ ފޭދޫގައި ޓާފް ފުޓްބޯޅަ ދަނޑެއް އެޅުމަށް ނިންމައި އެ މަސައްކަތް ޓެންޑާ ބޯޑުން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެގޮތުން މި މަސައްކަތް ޓެންޑާ ބޯޑުން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. މި މަޝްރޫޢުގެ އަގަކީ 9,060,059.01 ރުފިޔާ އެވެ. މި މަޝްރޫޢު ނިންމަން ދީފައިވާ މުއްދަތަކީ 120 ދުވަހެވެ.

ފޭދޫގެ އިތުރުން ޓެންޑާ ބޯޑުން ވަނީ އިތުރު 12 ރަށެއްގައި ޓާފް ފުޓްބޯޅަ ދަނޑު އެޅުމަށް ވެސް އަމީން ކޮންސްޓްރަކްޝަނާއި މަސައްކަތް ހަވާލުކޮށްފައެވެ. އަނެއް 12 ރަށަކީ ހއ.ދިއްދޫ އާއި ހދ.ނެއްލައިދޫ އާއި ނ.ހޮޅުދޫ އާއި ނ.ކެނދިކުޅުދޫ އާއި ރ.އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ފ. ނިލަންދޫ، ލ.ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކެވެ.

މި 13 ރަށުގެ އިތުރުން ޔޫތް މިނިސްޓްރީން ދާދިފަހުން ވަނީ ޓާފް ދަނޑު އެޅުމަށް އިތުރު 14 ރަށެއް ކަނޑައަޅާފައެވެ. އެ ރަށްތަކުގެ ދަނޑުތަކުގެ މަސައްކަތްކުރާނެ ކުންފުނިތަކެއް ހޯދުމަށް ވަރަށް އަވަހަށް ޓެންޑާ ބޯޑަށް ފޮނުވާނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން މި އަހަރުގެ ތެރޭގައި 27 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑުތަކެއް އެޅިގެންދާނެ ކަމަށް ބެލެވެއެވެ.