Last Updated: April 20, 08:59
Saturday, April 20, 2024
ވިޔަފާރި

އެމްއައިބީގެ ހިއްސާދާރަކަށް ވުމަށް ބާކީ ފަސް ދުވަސް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ވިއްކުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއައިބީގެ ހިއްސާ ވިއްކުމުގެ މުއްދަތު މީގެކުރިން ހަމަވާ ގޮތަށް އޮތީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް ފަހުން ވަނީ އެ މުއްދަތު އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އެމްއައިބީ އިން މިއަދު ބުނީ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރު ކުރީ ސަބްސްކްރިޕްޝަން އަށް ހުޅުވާލާ މުއްދަތަކީ 35 ރަސްމީ ދުވަސް ކަމަށް ކަނޑައަޅާފައިވާ އިރު، އެ މުއްދަތުގައި ރަސްމީ ބަންދު ދުވަހުގެ ގޮތުގައި ދެ ދުވަސް އައުމުން މުއްދަތު އިތުރުކުރީ ކަމަށެވެ.

އެމްއައިބީގެ ހިއްސާދާރަކަށް ވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. އެ އަދަދުގެ ހިއްސާ ގަތުމަށް ހޭދަވާނީ 700 ރުފިޔާ އެވެ. ހިއްސާގެ އަދަދު 20 އަށް ވުރެ އިތުރު ކުރެވޭނީ ފަހަރަކު 10 ހިއްސާގެ މަގުންނެވެ.

އެމްއައިބީން ހިއްސާ ވިއްކުމަށް ހުޅުވާލުމުން ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.