Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޔާމީން މ އަދި ފ އަތޮޅަށް ވަޑައިިގަންނަވަނީ

ޔާމީން އާއި ޖަމީލް - ފޮޓޯ: ޕީއެންސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ މ އަދި ފ އަތޮޅަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތާއީދު ހޯދުމުގެ ދަތުރުފުޅުތަކެއް ޔާމީން ފައްޓަވާފައިވާ ކަމަށާއި އެގޮތުން މާދަމާ ފައްޓަވާ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި އެ ދެ އަތޮޅުގެ ނުވަ ރަށަކަށް ޔާމީން ވަޑައިގެން އެ ރަށްތަކުގައި ތިބި ދެ ޕާޓީގެ އާންމު މެމްބަރުންނާ ބައްދަލުކޮށްލައްވާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

މިއީ މިދިޔަ ރިޔާސީ އިންތިހާބަށްފަހު ޔާމީން އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެގޮތުން ފުރަތަމަ ދަތުރުފުޅުގައި ޔާމީން ވަނީ މި މަހުގެ ކުރީކޮޅު އދ.އަތޮޅަށް ދަތުރުފުޅެއް ކުރައްވާފައެވެ.

އެ ދަތުރުފުޅުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.