Last Updated: March 29, 09:42
Friday, March 29, 2024
ޚަބަރު

ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރަން އެހީ ދޭނަން: އޭއައިއިބީ

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، އޭޝިއަން އިންފްރާސްޓްރަކްޗަރ ބޭންކް (އޭ.އައި.އައި.ބީ)ގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރ ޑީ ޖަގަތީސާ ޕާންޑިއަން އާއި ބައްދަލުކުރައްވައިފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އޭ.އައި.އައި.ބީގެ މައި އޮފީހުގައި މިއަދު މެންދުރު ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތާއި ބެހޭ ގޮތުން އެބޭންކުގެ އިސްވެރިންނަށް މިނިސްޓަރ ޝާހިދު މައުލޫމާތު ދެއްވިއެވެ. އަދި އޭ.އައި.އައި.ބީ އާއި ގުޅިގެން އިތުރަށް މަސައްކަތް ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

އޭ.އައި.އައި.ބީގެ ނައިބު ރައީސް ޕާންޑިއަންގެ ވާހަކަފުޅުގައި ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭންކުގެ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލާއ، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދުއާއި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ ބައިވެރިވެވަޑައިގަތެވެ.