Last Updated: April 20, 19:35
Saturday, April 20, 2024
ދުނިޔެ

ލަންކާގެ ރިޔާސީ އިންތިހާބުގައި 35 ފަރާތަކުން ވާދަކުރައްވާ

އަންނަ މަހުގެ 16 ވަނަ ދުވަހު ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް 35 ފަރާތަކުން ފޯމު ހުށަހަޅުއްވައިފިއެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވެފައިވާއިރު، އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި 35 ފަރާތުގެ ފޯމު ވެސް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފައެވެ.

އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން، މި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބަޔަ ރާޖަޕަކްސައެވެ. ގޮތަބަޔާ އަކީ ލަންކާގެ ކުރީގެ ޑިފެންސް މިނިސްޓަރެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ މިހާރުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަ ވާދަނުކުރައްވައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން މި އިންތިހާބަކީ ރާޖަޕަކްސަ އާއިލާގެ ސިޔާސީ ކުރިމަގު ބައްޓަން ވެގެންދާނެ ގޮތް އެނގިގެންދާނެ އިންތިހާބެކެވެ.

މިއީ ލަންކާގައި ބާއްވާ އަށްވަނަ ރިޔާސީ އިންތިހާބެވެ. އެންމެފަހުން އެގައުމުގެ ރިޔާސީ އިންތިހާބު ބޭއްވީ 2015 ވަނަ އަހަރުއެވެ