Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ބަދަލުގެ ނަމުގައި ދަނީ ރަށްޓެހިންގެ ޖީބު ފުރަމުން: ޖަމީލު

ޑރ. މުހައްމަދު ޖަމީލް އަހުމަދު - ފޮޓޯ: ޕީއެސްއެމް

ބަދަލުގެ ނަމުގައި މި ސަރުކާރުން އަންނަނީ ރައްޓެހިންގެ ޖީބު ފުރަމުން ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ އެންމެ މުޙިންމު ވަޢުދު ކަމަށްވާ ވައްކަމަށް ޒީރޯ ޓޮލެރަންސްއާ ސަރުކާރުން ހިލާފުވެފައިވާ ކަމަށާއި އެގޮތުން ބަދަލުގެ ނަމުގައި ރަށްޓެހިންގެ ޖީބު ފުރަމުންދާ ކަމަށެވެ.

"ޙުކުމާ ނުލާ މޭޒު ދަށުން ނިންމާ ނިންމުމަށް ވުރެ ބޮޑު ވައްކަމެއް އޮންނާނެ؟ މުޅިންވެސް ބަދަލު ލިބެނީ ރަށްޓެހިންނަށް، ކެމްޕެއިނަށް ޚަރަދުކުރި މީހުންނަށް؟" ޖަމީލު ވިދާޅުވިއެވެ.

ބަދަލުގެ ގޮތުގައި މި ސަރުކާރު އައިފަހުން ބިލިއަނެއްހާ ރުފިޔާ މިހާތަނަށް ވަނީ ދީފައެވެ. މި މައްސަލަތަކާއި ގުޅިގެން ސަރުކާރަށް ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ހާއްސަ ގޮތެއްގައި އެންމެ ފަހުން ބަދަލު ދިން ނޫމަޑިއަށް 50 މިލިއަން ޑޮލަރު ދިން މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

އެ ކުންފުނީގެ އިތުރުން ބިޒްނަސް އިމޭޖަސް ގްރޫޕް (ބިގް)އަށް 78 މިލިއަން ރުފިޔާ އާއި، ސީޖީޓީއަށް 22.7 މިލިއަން ރުފިޔާ އާއި ދީބާާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ޖެހިފަ އެވެ އޭގެ ތެރެއިން ބިގަށް ވަނީ 30 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައެވެ.