Last Updated: April 19, 10:45
Friday, April 19, 2024
ޚަބަރު

އެކްސިޑެންޓުވި ބަހުގައި ދިވެހި އުމްރާވެރިއަކު ދަތުރެއް ނުކުރޭ

ސައޫދީ އަރަބިއްޔާގެ މައްކާއަށް އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރަން ދިޔަ ބަޔަކު ގޮވައިގެން ދިޔަ ބަހެއް އެކްސިޑެންޓުވެ ހިނގި ހާދިސާގައި ދިވެެހި އުމްރާވެރިއަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ބަހުގައި ދިވެހި އެއްވެސް އުމްރާވެރިއަކު ދަތުރުކޮށްފައި ނުވާ ކަމަށާއި ދިވެހި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އެ އެކްސިޑެންޓުގައި ބަހުގައި ތިބި 35 މީހަކު ވެސް މަރުވެފައިވާއިރު، ސަލާމަތްވެފައިވަނީ އެންމެ ހަތަރު މީހުންނެވެ.

މަދީނާގެ ކައިރީގައި އޮންނަ ހިޖުރަ ކިޔާ މަގެއްގައި ހިނގި މިއެކްސިޑެންޓުގައި ބަސް ޖެހިފައިވަނީ އެކްސްކެވޭޓަރެއްގައެވެ. އަދި އިރުކޮޅެއް ފަހުން ބަހުގައި ވަނީ ރޯވެފައެވެ.

ސައުދީ އޮފިޝަލުން ބުނެފައިވަނީ ނިޔާވި 35 އުމުރާވެރިންނަކީ ވެސް ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. ސަލާމަތްވި ހަތަރު މީހުންނަށް ވެސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ހާމަކުރިއިރު ތަފްސީލެއް ނުދެއެވެ.