Last Updated: April 19, 16:50
Friday, April 19, 2024
ޚަބަރު

ގެއެއް ބަލައިފާސްކޮށް މަސްމަރާ ބަޑިއެއް ހޯދައިފި

މީގެކުރިން ރާއްޖެ އެތެރެކުރި މަސްމަރާ ބަޑިއެއް - ފޮޓޯ: ސަން

ލ.ގަމު، ތުނޑިއަވަށުގެ ގެއެއް ބަލައިފާސްކޮށް މަސްމަރާ ބަނޑިއެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މަސްމަރާ ބަޑިއެއް ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެގޭގައި ހުރި ގަރާޖު ކޯޓު އަމުރެއްގެ ދަށުން މިއަދު ބަލައިފާސްކުރިއިރު، އަމިއްލައަށް ހަދާފައިވާ މަސްމަރާ ބަޑިއެއް ފެނިފައިވާ ކަމަށެވެ.

މަސް މަރާ ބަޑިއަކީ ޤާނޫނު ނަމްބަރު 75/4 ގެ ދަށުން، ހުއްދަ ނެތި ރާއްޖެ އެތެރެކޮށް ގެންގުޅުން މަނާ އެއްޗެކެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.