މާލެ އަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.
މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވުމުން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ފެން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އެގޮތުން މިވަގުތު ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ވެސްޓު ޕާކު ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު، މޫސުމާ ބެހޭ އިދާރާ އިން ވަނީ މިއަދު ހަވީރު 18:00 އާއި ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން މި ވަގުތުތަކުގައި ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.