Last Updated: April 25, 11:51
Thursday, April 25, 2024
ޚަބަރު

އުއްތަމަ ފަނޑިޔާރު މިސްރަށް ފުރާވަޑައިގެންފި

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު މިސްރަށް ފުރާވަޑައިގަންނަވައިފިއެވެ.

މިދަތުރުފުޅަކީ މިސްރުގެ ސުޕްރީމް ކޮންސިޓިއުޝަނަލް ކޯޓުގެ ރަންޔޫބިލް މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ސުޕްރީމް ކޮންސިޓިއުޝަނަލް ކޯޓުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އުއްތަމަ ފަނޑިޔާރު މިސްރަށް ފުރާވަޑައިގެންނެވިއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހާޒިރުވާން އެންގި އެންގުމަށް ތަބާނުވެ ބަޔާނެއް ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ވަނީ ބަލަން ނިންމާފައެވެ.