Last Updated: March 29, 10:07
Friday, March 29, 2024
ވިޔަފާރި

އުރީދޫގެ "އެކު" ކެމްޕެއިން ލޯންޗުކޮށްފި

ގައުމީ ދުވަހު، އުރީދޫ އިން "އެކު" ކެމްޕެއިން ތަޢާރަފްކޮށްފިއެވެ.

އެކަކާއި އަނެކަކުގެ ދެމެދުގައިވާ ތަފާތުތައް ފާހަގަކޮށް އުރީދޫ އިން ކުރިއަށް ގެންދިޔަ މަގުބޫލު "ވަރަށް ތަފާތު" ކެމްޕެއިނަށް ފަހު، މިފަހަރު ފެނިގެންދާ އެކު ކެމްޕެއިނުން ދައްކުވައިދެނީ މުޖުތަމައުގެ މެދުގައިވާ ތަފާތުތަކާއި އެކުވެސް، އެއް ބައެއްގެ ގޮތުގައި، އެއްބައިވަންތަކަމާއި، އަޅާލުމާއި އެކު އުޅުމުގެ މުހިއްމުކަމެވެ.

އަދި އުރީދޫގެ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތަކާއި އެކު ކަސްޓަމަރުންނަށް ގެނެސްދޭ އިތުރު ފުރުސަތުތަކާއި ފަސޭހަތައް، އަދި އެކުންފުނިން ދިވެހިރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފާގަތިކަން ގެނެސްދިނުމަށް ކުރަމުންދާ ތަފާތު މަސައްކަތްތައްވެސް އެކު ކެމްޕެއިން މެދުވެރިކޮށް އަލިއަޅުވާލަދޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ މި ޚާއްސަ ކެމްޕެއިން މިއަދު ތައާރަފްކޮށްފައިވަނީ، އެމް.އެން.ޔޫގެ ދަރިވަރުންނާއި އެކު، އެ ޔުނިވާސިޓީގައި ބޭއްވުނު ހާއްސަ ކީނޯޓް އިވެންޓެއްގައެވެ. މިގޮތުން، އުރީދޫގެ ބްރޭންޑް ޓީމް ވަނީ، އެކު ކެމްޕެއިން މިސާލެއްގެ ގޮތުގައި ނަގައި، ކެމްޕެއިން ސްޓްރެޓެޖީ ފަރުމާކުރުމާއި ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމުގެ އުކުޅުތަކާއި ބެހޭ މައުލޫމާތު، އެމް.އެން.ޔޫ ގައި މާކެޓިންގ ކިޔަވަމުންދާ ދަރިވަރުންނާއި ހިއްސާކޮށްފައެވެ.

އެކު ކެމްޕެއިން ލޯންޗް ކުރި އިވެންޓުގައި ވާހަކަދައްކަމުން، އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ މިފަދަ ޚާއްސަ ދުވަހެއްގައި އެކު ކެމްޕެއިން ތައާރަފްކޮށް، ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް އުރީދޫ ބްރޭންޑުންދޭ އަޙަމިއްޔަތު ފާހަގަކުރާ ކަމަށެވެ.

އަދި އުރީދޫގެ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް މެދުވެރިކޮށް ދިވެހީންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، ޤައުމު ބިނާކުރުމަށް އަބަދުމެ މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.