Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

ޕާކިސްތާނުގެ ރޭލެއްގައި ރޯވެ 65 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ރޭލެއްގައި ރޯވެ 65 މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ކަރާޗީން ރާވަލްޕިންޑީ އަށް މީހުން ގޮވައިގެން ދަތުރުކުރި މި ބަހުގައި ހިނގި އަލިފާނުގެ ހާދިސާގައި 45 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ބުނެއެވެ.

އަލިފާނުގެ ހާދިސާގައި ރޭލުގެ ދެ ކޯޗު އެއްކޮށް އަނދާ ހުލިވިއިރު، ކޮންމެ ކޯޗެއްގައި މަދުވެގެން 70 ޕަސިންޖަރުން ތިބޭނެ ކަމަށް ވެސް އޮފިޝަލުން ހާމަކުރެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ޕަސިންޖަރުންތަކެއް ނާސްތާ ތައްޔާރު ކުރަން ކުޑަ ގޭސް އުނދުނެއް ބޭނުން ކުރަން އުޅެނިކޮށް ގޮވައިގެންނެވެ.

"މި ހާދިސާ ހިނގަން މެދުވެރިވީ އެއް އުނދުން ގޮވައިގެން. ދެން ޖެހިގެން ހުރި އުނދުން ވެސް މި ހާދިސާގައި ގޮވި" އޮފިޝަލަކު ވިދާޅުވިއެވެ.

ރޭލުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާއިރު ރޭލު ދަތުރުތައް ކުރިއެކޭ އެއްގޮތަށް މިހާރު ވަނީ އަލުން ފަށާފައެވެ.