Last Updated: April 24, 23:11
Thursday, April 25, 2024
ވިޔަފާރި

ފުލައިމީގެ އާ ބޯޓު މިއަދު ރާއްޖެ ގެންނަނީ

ވިލާ އެއަރ އިން ގެންނަ އައު މަތިންދާ ބޯޓު މިއަދު މެންދުރު ރާއްޖެ އަންނާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ފްލައިމީއިން ގެންނަނީ އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯޓެކެވެ. 72 މީހުންގެ ޖާގައިގެ މި ބޯޓަކީ ފްލައިމީން ގެންނަ އޭޓީއާރު 600-72 މަރުކާގެ ތިންވަނަ ބޯޓެވެ.

ވިލާ އެއަރގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޝިދު ވިދާޅުވީ މިއަދު ގެންނަ ބޯޓު ވަރަށް އަވަހަށް ފްލައިމީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ. އަދި އެ ބޯޓާއެކު ފްލައިމީގެ އޮޕަރޭޝަންސްތައް ފުޅާކުރަން އެ އެއާލައިނުން ހިފާފައިވާ އަމާޒަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށްވެސް ނާޝިދު ވިދާޅުވި އެވެ.

ފްލައިމީން ވަރަށް އަވަހަށް އިފުރު އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށާއި އަދި މާފަރު އެއާޕޯޓުވެސް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލުމާއެކު، އެތަނަށްވެސް ފްލައިމީން ދަތުރުތައް ފަށާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ފްލައިމީން މިހާރު ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި އދ. މާމިގިލި އަދި ބ. ދަރަވަންދޫ ހިމެނެއެވެ.

މީގެއިތުރުން ފްލައިމީން ވަނީ އައު ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިމުމުން ކުންފުނީގެ ސީޕްލޭންތައްވެސް ގެންނަން ނިންމާފައެވެ.