Last Updated: March 28, 18:00
Thursday, March 28, 2024
ވިޔަފާރި

ފުލައިމީގެ އާ ބޯޓު ރާއްޖެ ގެނެސްފި

ވިލާ އެއަރ އިން ގެންނަ އައު މަތިންދާ ބޯޓު މިއަދު މެންދުރު ރާއްޖެ އަތުވެއްޖެއެވެ.

ފްލައިމީއިން ގެނެސްފައިވަނީ އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯޓެކެވެ. 72 މީހުންގެ ޖާގައިގެ މި ބޯޓަކީ ފްލައިމީން ގެނައި އޭޓީއާރު 600-72 މަރުކާގެ ތިންވަނަ ބޯޓެވެ.

ވިލާ އެއަރގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޝިދު މިއަދު ވިދާޅުވީ މި ބޯޓު ވަރަށް އަވަހަށް ފްލައިމީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ. އަދި އެ ބޯޓާއެކު ފްލައިމީގެ އޮޕަރޭޝަންސްތައް ފުޅާކުރަން އެ އެއާލައިނުން ހިފާފައިވާ އަމާޒަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށްވެސް ނާޝިދު ވިދާޅުވި އެވެ.

ފްލައިމީން ވަރަށް އަވަހަށް އިފުރު އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށާއި އަދި މާފަރު އެއާޕޯޓުވެސް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލުމާއެކު، އެތަނަށްވެސް ފްލައިމީން ދަތުރުތައް ފަށާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ފްލައިމީން މިހާރު ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި އދ. މާމިގިލި އަދި ބ. ދަރަވަންދޫ ހިމެނެއެވެ.