Last Updated: April 25, 09:23
Thursday, April 25, 2024
ވިޔަފާރި

ސަނީގެ "ބީއެންޑް ޑަބްލިއު" ލަކީ ޑްރޯ ފަށައިފި

ސަނީ އެންޓަޕްރައިސް އިން "ބީއެންޑް ޑަބްލިއު" ގެ ނަމުގައި ލަކީ ޑްރޯއެއް ފަށައިފިއެވެ.

ސަނީ އިން ބުނީ މި ލަކީ ޑްރޯ އަކީ އެ ކުންފުނިން އެތެރެ ކުރާ ބީއެންޑް ޑަބްލިއު ބްރޭންޑްގެ ޕްރޮޑަކްޓްތަށް އިޝްތިހާރުކޮށް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހިންގާ ލަކީ ޑްރޯއެއް ކަމަށެވެ.

ބީއެންޑް ޑަބްލިޔު އަކީ މެލޭޝިޔާ ގައި މަޝްހޫރު ބްރޭންޑެކެވެ. ސަނީ އެންޓަޕްރައިސް އިން އެތެރެ ކުރާ ބީއެންޑް ޑަބްލިއު މިލްކް ޓީ، ބީއެންޑް ޑަބްލިއު އިންސްޓަންޓް ކޮފީ، އަދި ބީއެންޑް ޑަބްލިއު ސީރިއަލް އަކީ މިހާރުވެސް ދިވެހިން ތެރޭގައި މަގްބޫލު ވަމުން އަންނަ ޕްރޮޑަކްޓުތަކެއް ކަމަށް ސަނީ އިން ބުނެއެވެ.

މި ލަކީ ޑްރޯގައި ބީއެންޑް ޑަބްލިއުގެ މި 3 ޕްރޮޑަކްޓް ތެރެއިން ކޮންމެ ޕްރޮޑަކްޓެއް ގަތަސް ކޫޕަނެއް ލިބޭނެ ކަމަށާއި ކޮންމެ ބަންޑުލް އަކަށް ލިބޭނީ އެއް ކޫޕަން ކަމަށް ސަނީ އިން މައުލޫމާތުދެއެވެ.

ބީއެންޑް ޑަބްލިއު ޕްރޮޑަކްޓްތައް ލިބެން ހުންނަ މައިގަނޑު ތަންތަން:

– ސަނީ އެންޓަޕްރައިސަސް ފިހާރަ، ބޮޑު ތަކުރުފާނު މަގު (ދަތުރުވެރިންގެ މާރުކޭޓާ ޖެހިގެން)

– ކޮރޯނާ ފިހާރަ، ހަވީރީ ހިނގުން (ކްރިމިނަލް ކޯޓު ކައިރި)

– ސަނީ ސްޓޯރު (އައްޑޫ ސިޓީ)

– އެމް.އެޗް.އޭ މާޓް، ފަރީދީ މަގު

– ހޯމް ޒޯން ފިހާރަ، އޯކިޑު މަގު

މި ހަތަރު އައުޓްލެޓުން ވެސް ކޫޕަން ލިބޭނެ ކަމަށާއި ކޫޕަން ފޮށި ބެހެއްޓިފައި ހުންނާނީ ސަނީ އެންޓަޕްރައިސް ފިހާރަ، ކޮރޯނާ ފިހާރަ އަދި އައްޑޫ ސިޓީގައި ހުންނަ ސަނީ ސްޓޯރުގައި ކަމަށް ސަނީ އިން ބުނެއެވެ.

މި ލަކީ ޑްރޯ އިން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 65 އިންޗީގެ ފްލެޓް ސްކްރީން ޓީވީއެއް، އަދި 2 ވަނައަށް ހޮވޭ ފަރާތަކަށް އެޕަލް އައިޕެޑް އެއާ އެއް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުންވެސް އިތުރު 10 ނަސީބުވެރިޔަކަށް ފައިސާގެ އިނާމް ލިބިވަޑައިގަންނަވާނެއެވެ. ލަކީ ޑްރޯ ހޮވުން އޮންނާނީ 31 ޑިސެމްބަރު 2019 ވަނަ ދުވަހުއެވެ.