Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ރަން ވަނަތަށް ހޯދި އެތްލީޓުންނަށް ރައީސްގެ މަރުހަބާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: އެމްއޯސީ

މި ހަފްތާތެރޭ ރާއްޖެ އިން ބޭރުގައި ބޭއްވި އެކި މުބާރާތްތަކުން ރަން ވަނަތަށް ހޯދި ދިވެހި އެތްލީޓުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ސޯލިހު ދިވެހި އެތްލީޓުންނަށް މަރުހަބާ ދެންނެވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މި ހަފްތާގައި ކާމިޔާބީތައް ހޯދި ދިވެހި އެތްލީޓުންނަށް ބަލާއިރު ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ރާއްޖޭގެ ބޮޑީބިލްޑަރުން ދެ ލޯ މެޑަލް ހާސިލުކޮށްފައެވެ. އެ މެޑަލްތައް ހާސިލުކުރީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީން މުހައްމަދު މޫސާ އާއި ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ލޯ މެޑަލް ހާސިލްކުރި އަޒްނީން ރަޝާދު އެވެ.

އަދި ޕާކިސްތާންގައި ކުރިއަށްދިޔަ ޔޮނޮކްސް ސަންރައިޒް ޕާކިސްތާން އިންޓަނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތުގައި މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ވަނީ ރަން މެޑަލް ހާސިލުކޮށްފައެވެ. އަދި ހަމަ އެ މުބާރާތުގައި އަންހެން ޑަބްލސް އިވެންޓުން ނަބާހާ އާއި ނަބީހާ ވެސް ވަނީ ރާއްޖެ އަށް ރަން މެޑަލް ހޯދާދީފައެވެ.

މީގެއިތުރުން އެ މުބާރާތުގެ އަންހެން ސިންގަލްސް ބައިން ރާއްޖޭގެ ނީލާ ނަޖީބު ވަނީ ލޯ މެޑަލް ހާސިލުކޮށްފައެވެ.