Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

ކެބް އެމްވީގެ ހިދުމަތް އައްޑޫ އަށް ތައާރަފްކޮށްފި

ޓެކްސީގެ ހިދުމަތް ދެމުން އަންނަ "ކެބް އެމްވީ" ގެ ހިދުމަތް އައްޑޫ ސިޓީ އަދި ކުޅުދުއްފުއްޓަށް ތައާރަފްކޮށްފިއެވެ.

ކެބް އެމްވީ ހިދުމަތް ހޯދުމަށްޓަކާ "ފަހި ކެބް" އެޕްލިކޭޝަން ޑައުންލޯޑް ކުރަންޖެހެއެވެ.

އެގޮތުން އެ އެޕްގައި ދާން ބޭނުންވާ މަންޒިލް ޖަހާލުމަށްފަހު، ބޭނުންވާ ވެހިކަލް ޚިޔާރުކުރުމުން އެބާވަތުގެ އެންމެ ކައިރިން އޮތް ވެހިކަލުން އެފަރާތުގެ ދަތުރު ގަބޫލުކުރާނެއެވެ. އެއަށްފަހު ޑްރައިވަރ އަންނަ ތަނާއި، ދަތުރު ކުރިއަށްދާނެ މަގުވެސް މި އެޕްލިކޭޝަނުން ފެނިގެންދާނެއެވެ. މީގެއިތުރުން ދަތުރަށް ދާނެ ޚަރަދު ވެސް މި އެޕުން ބަލައިލެވޭނެއެވެ.

ޓެކްސީ ސެންޓަރަކުން ދޭ ހުރިހާ ޚިދުމަތެއް މި އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭއިރު މާލޭގައި މި ހިދުމަތަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

މިއީ އަތޮޅުތެރޭގެ ރަށްތަކަކަށް މިފަދަ ހިދުމަތެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.