Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

އެސްޓީއޯގެ އިޔާ އެންޑް ސޭލް ފަށައިފި

ކޮންމެ އަހަރެއްގެ އަހަރު ނިމުމަށް ހާއްސަ ކޮށްގެން އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ބާއްވަމުން އަންނަ "އިޔާ އެންޑް ސުޕާ ސޭލް" ފަށައިފި އެވެ.

އެސްޓީއޯގެ ހުރިހާ ފިހާރަތަކެއް ހިމެނޭގޮތަށް ކުރިޔަށްގެންދާ މި ސޭލް ފައްޓަވައިދެއްވީ އެސްޓީއޯގެ ރިސްކް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ މުހައްމަދު މުރާދުއެވެ.

އެސްޓީއޯ އިން ބުނީ އަންނަ މަހުގެ 31 ގެ ނިޔަލަށް ކުރިޔަށްގެންދާ މި ސޭލްގައި 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ބޮޑެތި އިނާމުތަކެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ މި ސޭލްގައި އެއްވަނަ އިނާމަކަށް މި އަހަރު ހުށަހަޅާފައިވަނީ ދެ މީހަކަށް ހުރުމާއިއެކު ޗެއްނާއީ ދެކޮޅު ޓިކެޓެވެ. ދެވަނަ އިނާމަކަށް ފުވައްމުލަކު ދެކޮޅު ޓިކެޓް ދެ މީހަކަށް ހުރުމާއެކު ލިބިގެންދާއިރު ތިންވަނަ އިނާމަކީ އައިފޯން 11އެކެވެ.

މި އަހަރުގެ އިޔަރ އެންޑް ސޭލްގެ ޕާޓްނަރަކީ މޯލްޑީވިއަންއެވެ.