Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު

މަލް އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަފަދަ ދައުވާއެއް

ފިލްމީ ތަރި މަލީހާ ވަހީދު (މަލް)ގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފާނެ ދައުވާއެއް ދައުލަތުން އުފުލައިފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުލަތުން މަލްގެ މައްޗަށް ދައުވާ އުފުލާފައިމިވަނީ މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އިތުރު އަންހެނާ އެކު އދ. މާމިގިއްޔަށް ކުރި ދަތުރުގައި މަލްގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.

ފުލުހުން ބުނީ އެ ދަބަހުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އެވެ. ނަމަވެސް މި ދެ ދައުވާ އަށް ވެސް މި ދެ މީހުން ވަނީ އިންކާރުކޮށްފައެވެ.

ތެރެއިން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު އެއްލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.