Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިއާދަކުރަނިވި ހަކަތައިން ދެ މިސްކިތެއް އޭސީ ކުރުމަށް ބަޔަކާ ހަވާލުކޮށްފި

އިއާދަކުރަނިވި ހަކަތައިން އދ.ކުނބުރުދޫ އަދި ގއ.ގެމަނަފުށީގެ މިސްކިތެއް އޭސީ ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ކުނބުރުދޫގެ މަސްޖިދުއް ރަހްމާން އާއި ގެމަނަފުށީގެ މަސްޖިދު އިބްރާހިމް އިއާދަކުރަނިވި ހަކަތައިން އޭސީ ކުރުމަށް ހަވާލުކޮށްފައިވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ އެވެ. އަދި އަވި ޓެކްނޮލޮޖީސް ކުންފުނިގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޔާސިރެވެ.

މީގެތެރެއިން ކުނބުރުދޫ މިސްކިތުގެ މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 10 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 640،064.93 ރުފިޔާއަށެވެ. އަދި ގެމަނަފުށީ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 10 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 678،129.20 ރުފިޔާ އަށެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ހަފްތާތެރޭ ވަނީ ޅ.ނައިފަރު މަސްޖިދުލް ޣުފްރާން އޭސީ ކުރުމުގެ މަސައްކަތް ވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.