Last Updated: April 18, 21:56
Thursday, April 18, 2024
ޚަބަރު

ވޭތުވެދިޔަ 7 އަހަރުތެރޭ އަތުލައިގަތް މަސްތުވާތަކެތި ނައްތާލައިފި

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުން މިއަދު ނައްތާލައިފައިވަނީ 2012 އިން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗެވެ.

އެގޮތުން ދޫނިދޫގައި މިއަދު ނައްތާލައިފައިވަނީ 788 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 3715 ރަބަރު ޕެކެޓާއި، 1386 ސެލޯފިންކޮޅާއި، ފިލްމް ހުސްކުރި 31 ދަޅުގައި ހުރި މަސްތުވާތަކެއްޗާއި، 21 ބިޑިއާއި، 147 ބޭސްގުޅައާއި، އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 985 ބާވަތެކެވެ.

މަސްތުވާތަކެތި ނައްތާލުން ދޫނިދޫގައި ގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.