Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

34 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ގިރިއަކަށް އަރައިފި

34 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ގިރިއަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ "އިރުވައި" ނަމަކަށް ކިޔާ ސަފާރީއެއް އދ.މޫފުށީގެ އިރު ދެކުނުން 4.7 ނޯޓިކަލް މޭލު ބޭރުގައި އޮތް ގިރިއަކަށް އަރާފައިވާ ކަމަށެވެ.

އަދި އެ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:35 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.