Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އެމްއާރްއެމްގެ މަޝްވަރާ ކޮމިޓީ އެކުލަވާލައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މަޝްވަރާ ކޮމިޓީ އެކުލަވާލައިފިއެވެ.

އެމްއާރްއެމުން ބުނީ މި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ ޕާޓީ ކުރިއަރުވައި ތަރައްޤީކުރުމުގައި، ޕާޓީގެ ރައީސްއަށް ލަފާދެއްވާ މަޝްވަރާ އެރުވުން ކަމަށެވެ.

މަޝްވަރާ ކޮމިޓީ އެކުލަވާލައިފައި ވަނީ 12 ބޭފުޅުންގެ މައްޗަށެވެ. އެ ބޭފުޅުންގެ ތެރޭގައި އެކި ފަންނުތަކުގައި ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ 20 ނޮވެންބަރ 2019 ވަނަ ދުވަހުގަ އެވެ.

އެމްއާރްއެމް އުފެއްދުމަށް މިދިޔަ ފެބްރުއަރީ މަހު އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން ހުއްދަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ. ނަމަވެސް އެމްއާރްއެމް އުފެއްދުމަށް އާ ހުއްދައެއް މިދިޔަ މޭ މަހުގެ ތެރޭގައި މިނިސްޓަރު ޔުމްނާ އަށް ވަނީ ދީފައެވެ.

ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮއާއެކު ހުށަހަޅަން ޖެހޭނެއެވެ. ނޫންނަމަ ހުއްދަ ބާތިލްވާނެއެވެ.

އެހެންކަމުން އެމްއާރްއެމަށް އީސީން ދޫކުރެވިފައިވާ ހުއްދައިގެ ދަށުން 3313 ފޯމާއެކު ރަޖިސްޓްރީ ވާން އެ ޕާޓީން ހުށަހަޅާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.