Last Updated: April 25, 20:04
Thursday, April 25, 2024
ކުޅިވަރު

ކުޓީނިއޯ ހެޓްރިކާއެކު ބަޔާނުން ފެންވަރު ދައްކާލައިފި

ފިިލިޕޭ ކުޓީނިއޯގެ ހެޓްރިކާއެކު ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން ވާޑަ ބްރޭމަންގެ މައްޗަށް 6-1 އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ބަޔާން އޮތީ 27 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. 29 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައި ބްރޫޝިއާ ޑޯޓްމަންޑް އޮތްއިރު ހަތަރުވަނައިގައި 31 ޕޮއިންޓާއެކު އޮތީ ބޮރޫޝިއާ މޮންޗެންގްލަޑްބެކްއެވެ. އަދި އެއްވަނައިގައި 33 ޕޮއިންޓާ އެކު އޮތީ ރެޑްބުލް ލީޕްޒިގެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގެ 24 ވަނަ މިނެޓްގައި ރަޝިކާ ވަނީ ބްރޭމަން އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ކުޓީނިއޯ އާއި ލެވެންޑޯސްކީގެ ގޯލުތަކުން ބަޔާނުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

ދެވަނަ ހާފްގައި ކުޓީނިއޯ އިތުރު ދެ ގޯލު ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު މިއީ ބަޔާނަށް ބަދަލުވިފަހުން އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ. ބަޔާންގެ ގޯލުތައް ދެވަނަ ހާފްގައި ދެން ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އާއި ލެވެންޑޯސްކީއެވެ.

މި މެޗުގައި ލެވެންޑޯސްކީ ކާމިޔާބުކުރި ދެ ގޯލާއެކު މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 29 އަށް އަރާފައެވެ.