Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

ފިޖީގެ ފިޝަރީޒް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ސެމީ ކޮރޮއިލަވެސައު، ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އަހަރު އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ރާއްޖެ އިންނެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ޤައުމުތައް ތަމްސީލުކުރާ ޖަމުޢިއްޔާއެކެވެ. މިޖަމުޢިއްޔާގައި 13 މެމްބަރު ޤައުމު އެކުލެވެއެވެ.

އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ޤައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗަރ ކުރިއަރުވާ ބައިނަލްއަޤްވާމީ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދީ މާރކެޓްތަކާ ގުޅުވައިދިނުމަށް މަގު ފަހިކޮށްދެއެވެ.