Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު

ހަ އަހަރުގައި ޤުރުއާން ހިތުދަސްކުރި ޔޫސުފަށް އެމްޕީއެލްގެ މަރުހަބާ

އުމުރުން 6 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިން އަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން (އެމްޕީއެލް) މަރުހަބާ ކިޔައިފިއެވެ.

ޔޫސުފްް ކުރި މަސައްކަތް ފާހަގަކޮށް އޭނާއަށް މަރުހަބާ ކިޔުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ ޔޫސުފަށް ހާއްސަ ޝީލްޑަކާއި ގިފްޓު ވައުޗަރެއް ހަދިޔާކޮށްފައެވެ. މި ރަސްމިއްޔާތުގައި ޔޫސުފްގެ މައިންބަފައިން ވެސް ބައިވެރިވިއެވެ.

https://twitter.com/Portmv/status/1206450495843291136

ޔޫސުފް އަކީ ރާއްޖޭގައި ހުރި އެންމެ އުމުރުން ހަނގު ހާފިޒު ކަމަށްވާއިރު، އޭނާއާ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައްދަލުކޮށް ހިތްވަރު ދެއްވާފައެވެ.

މީގެއިތުރުން އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވެސް ވަނީ ޔޫސުފްއާ ބައްދަލުކޮށް ހިތްވަރު ދެއްވައި އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ޔޫސުފްއަށް ހަދިޔާވެސް ދެއްވާފައެވެ.

މީގެ އިތުރުން ހާފިޘުންގެ ލިސްޓުގައި ޔޫސުފް ހިމެނުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކޮމިޓީއަށް ކިޔައިދޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ވަރަށް އަވަހަށް މިކޮމިޓީއަށް ޔޫސުފް ހިފްޘު ކޮށްފައިހުރި މިންވަރު ބެލުމަށްޓަކައި ކިޔައިދޭނެ ކަމަށެވެ.