Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އިންފޯފިޝް ގަވަރނިން ކައުންސިލުގެ ބައްދަލުވުން ފަށައިފި

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލުގެ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގައި މިބާއްވާ ގަވަރނިންގ ކައުންސިލްގެ ބައްދަލުވުމުގައި އިންފޯފިޝްގެ 7 މެމްބަރު ޤައުމުން ބައިވެރިވާނެއެވެ. 2019 ވަނަ އަހަރު އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ދިވެހިރާއްޖޭންނެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމުޢިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ޤައުމުތައް ތަމްސީލުކުރާ ޖަމުޢިއްޔާއެކެވެ. މިޖަމްއިއްޔާގައި 13 މެމްބަރު ޤައުމު އެކުލެވެއެވެ. އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ޤައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗަރ ކުރިއަރުވާ ބައިނަލްއަޤްވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާރކެޓްތަކާއި ގުޅުވައިދިނުމަށް މަގު ފަހިކޮށްދެއެވެ.

މިއަހަރު ރާއްޖޭގައި މި ބާއްވާ އިންފޯފިޝްގެ ގަވަރިނިންގ ކައުންސިލްގައި އެފް.އޭ.އޯގެ މަންދޫބުންގެ އިތުރުން، އިންޓަރނެޝަނަލް 2 އޮބްސަރވަރުން ބައިވެރިވެއެވެ.

ދުނިޔޭގައި ކަނޑުމަހުގެ މަސްވެރިކަމާގުޅޭގޮތުން ބާއްވާ އެންމެ ބޮޑު ކޮންފަރެންސް އިންތިޒާމްކުރަނީ އިންފޯފިޝްއިންނެވެ. އިންފޯފިސް ޓޫނާ ކޮންފަރެންސް އަކީ ކޮންމެ 2 އަހަރަކުން އެއް އަހަރު އިންތިޒާމުކުރަމުން ގެންދާ އިވެންޓެކެވެ.

މީގެއިތުރުން އިންފޯފިޝް އިން މަސްވެރިކަމާއި އެކުއާކަލްޗަރ ގެ ބައެއް ޕްރޮޖެކްޓްތައް، އެހެން ބައެއް، އެހީ ދޭ ޖަމްއިއްޔާ ތަކާ ގުޅިގެން ހިންގަމުން ގެންދެއެވެ. އިންފޯފިޝް މެދުވެރިކޮށް މަސްވެރިކަމާއި އެކުއާކަލްޗަރގެ ވިޔަފާރި މާކެޓް ކުރުމާގުޅޭ ފަންނީ ލަފަޔާ މަޝްވަރާ، އިންފޯފިޝް މެދުވެރިކޮށް މެމްބަރު ޤައުމުތަކަށް ލިބޭނޭ ނިޒާމެއްވެސް ވަނީ ހަމަޖެހިފައެވެ.