Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

މަސްވެރިއަކު ގެނބިިގެން މަރުވެއްޖެ

މަސްވެރިކަން ކުރާ ދޯންޏެއް- ފޮޓޯ: މިފްކޯ

ދޯންޏަކުން އެންދަމަން މޫދަށް ފޭބި މަސްވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:08 ހާއިރު ކަމަށެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 45 އަހަރުގެ މީހެކެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ދޯނީގައި ބޭނުންކުރި ބޮއެއް އޮޔާދާން ފެށުމުން އެ ބަލާ ފަތާފައި ގޮސް އެނބުރި އަންނަނިކޮށް އެމީހާގެ ހަރަކާތް ހުއްޓިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި ދޯނީގައި ތިބި މީހުން ގޮސް އޭނާ ދޯންޏަށް ނެގިއިރު އަނގައިން ފޮނު އަރާފައިވާ ކަމަށާއި އަދި އޭނާ ވަގުތުން ގއ.ވިލިނގިލި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

"މީހާ ގެނައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދެއްވާ" ފުލުހުން ބުނެއެވެ.

މި ހާދިސާގައި ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.