Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށަކަށް އެހީވަނީ

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން އިތުރު ފަސް ރަށަކަށް އެހީވުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ފަސް ރަށަކީ ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހުށަހެޅި ރަށްތައް ކަމަށެވެ.

މި ފަަސް ޕްރޮޖެކްޓަކީ:

ހދ.ކުމުންދޫގައި ސޯލާ ލައިޓް ހަރުކުރުން
ތ. ގުރައިދޫގައި ޕްލާސްޓިކް ރިސައިކްލިން ޕޮއިންޓެއް ގާއިމްކުރުން
ހދ. ކުރިނބީގައި އައުޓްޑޯ ފިޓްނަސް ޕާކެއް ހެދުން
ހދ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުން
ތ. ވިލުފުށީގައި އައުޓްޑޯ ޖިމެއް ހެދުން

ބީއެމްއެލް އިން ބުނީ ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

"ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައި،" ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.