Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

އައްޑޫން ޓޫރިޒަމަށް ދޫކުރާ 63 ބިމަކަށް ބިޑު ހުށަހަޅައިފި

ސައުތް ޕާމް ރިސޯޓު މޯލްޑިވްސް

އައްޑޫ ސިޓީގައި ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގައި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޓޫރިޒަމަށް އައްޑޫ އިން މިފަހަރު ހުޅުވާލީ 96 ބިމެކެވެ. ނަމަވެސް މީދޫ ރައްޔިތުން އެދިގެން ލޮކޭޝަން ބަދަލުކުރުމަށް މީދޫގެ 16 ބިން ބިޑަށް ހުޅުވާލުން މަޑުޖައްސާލުމުން ޖުމްލަ މިބުރުގައި ބިޑަށް ހުޅުވިފައި އޮތީ 80 ބިމެކެވެ.

ކައުންސިލުން ބުނިގޮތުގައި މީގެ ތެރެއިން ބިޑު ވިއްކުމުގެ މުއްދަތު ހަމަވިއިރު 63 ބިމަކަށް ބިޑު ހުށަހަޅާފައިވާ ކަމަށެވެ. އަދި މުއްދަތު ހަމަވިއިރު ނުވިކެނީ 17 ބިމެއްގެ ބިޑު ކަމަށް ކައުންސިލުން ބުނެއެވެ.

މި 17 ބިމުގެ ޓޫރިޒަމް ޒޯންތަކުގެ ކޮމަން ފެސިލިޓީ ތައް އެއްކޮށް ޑިވެލޮޕްކުރެވިދާނެ ގޮތަކީ ކޮބައިތޯ މިހާރު ބަލަމުން އަންނަ ކަމަށް ކައުންސިލުން ބުނެއެވެ.

އަދި ބިޑު ކާމިޔާބުކުރާ ފަރާތްތަކުން މަސައްކަތް ފަށާއިރު 17 ބިމުގެ މަސައްކަތާއި ކޮމަން ފެސިލިޓީތަކުގެ މަސައްކަތް އަދި ލޭންޑްސްކޭޕިންގ އާއި ބީޗު ހެދުމުގެ މަސައްކަތްވެސް އެކު އެކީގައި ފެށިގެން ކުރިއަށް ދާނެ ކަމަށް ކައުންސިލުން މައުލޫމަތުދެއެވެ.

މީގެއިތުރުން ކައުންސިލުން ވަނީ މި މަޝްރޫޢު ކާމިޔާބު ކަމާއެކު ގެންދިއުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަށް އެދިފައެވެ.