Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

ސްރީލަންކަން އިން އައްޑޫއިން ބެންކޮކަށް ހާއްސަ ފެއާއެއް ތައާރަފްކޮށްފި

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ބެންކޮކަށް ދަތުރުކުރެވޭ ހާއްސަ ފެއާއެއް ސްރީލަންކަން އެއާލައިންސް އިން ތައާރަފްކޮށްފިއެވެ.

މި ފެއާގެ ދަށުން ގަމުން ބެންކޮކަށް ދެކޮޅު ޓިކެޓް 332 ޔޫއެސް ޑޮލަރަށް ލިބޭއިރު، ކޮންމެ ފަސިންޖަރަކަށް ރިޓާންގައި 40 ކިލޯގެ ލަގެޖް ގެންދެވޭނެއެވެ.

މި ފެއާގެ ދަށުން ޓިކެޓު ނަގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 31 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ސްރީލަންކަންގެ މި ޕްރޮމޯޝަން އާއި ގުޅޭ މައުލޫމާތުތަކާއި ރިޒަވޭޝަން ހެއްދުމަށް ސްރީލަންކަންގެ ޖެނެރަލް ސޭލްސް އެޖެންޓް އޮފީހުގެ ނަންބަރ 6896565 ނުވަތަ މޮބައިލް ނަންބަރ 7978966 ނަންބަރަށް ވައިބަރ ނުވަތަ ފޯނުކޮށްގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.