Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރަކަށް ސާބެ

ސާބެ އާއި ރައީސް ސޯލިހު - ފޮޓޯ: އަހުމަދު ޝާހިދު / ފޭސްބުކް

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ކެމްޕެއިން މެނޭޖަރަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ޝާހިދު (ސާބެ) ހަމަޖައްސަވައިފި އެވެ.

އެމްޑީޕީ އިން އިއްޔެ ބުނީ، ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރަކަށް މއ. ޗަނބޭލީމާގެ އަހްމަދު ޝާހިދު (ސާބެ) ހަމަޖައްސައިފި ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވީ ސާބެ އެވެ. އެ އިންތިހާބުގައި އެމްޑީޕީން މަޖިލީހުގެ 86 ގޮނޑީގެ ތެރެއިން 65 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބަށް ތައްޔާރުވަމުން އަންނައިރު، އެ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާނެ ފަރާތްތަކެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 31 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އެމްޑީޕީގެ ޕްރައިމަރީގައި 1364 މީހުން ވަނީ ކުރިމަތިލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.